English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ބާއްވަން ތައްޔާރުވި ސުލްހަވެރި ހިނގާލުން އަންނަ ހުކުރު ދުވަހަށް ފަސްކޮށްފިއެވެ.

“މިނިވަންކަމުގެ ހިނގާލުން” ފަސްކޮށްފައިވަނީ ސަރުކާރާއި ޑިލެއް ހަދައިގެންކަމަށްބުނެ ދެކެވޭ ވާހަކަތަކަކީ ދޮގުކޮށް ޕީޕީއެމް އިން ބުނީ “މިނިވަންކަމުގެ ހިނގާލުން” ފަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި ހުކުރު ދުވަހު ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ހިނގާލުން ފެށިގެންދާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ ސުލްހަވެރިކަމުގެ ހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން އިންޑިއާއާއިކު ހަދާފައިވާ ގޮތް ނޭގޭ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލާ ބާއްވަމުންދާ ހިނގާލުމެކެވެ. ފުލުހުންގެ ހުއްދައާއި އެކު “މިނިވަންކަމުގެ ހިނގާލުން” ނަމުގައި ކުރިއަށް ގެންދާ ހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން “އިންގިލާބީ ހަރަކާތް”ގެ ނަމުގައި ބައިވެރިވެފައިވެއެވެ.