English Edition
Dhivehi Edition
11 މާރިޗު 2020 ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކޮއްކޮ، އަލީ އަސްރާ ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޖާބިރު ކޮއްކޮ އާއި އިތުރު މީހަކު ހައްޔަރުކޮށްފައިވަނީ އއ. މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓް ހައުސްއެއްގައި މީހަކަށް އަނިޔާ ކުރި މައްސަލައަކާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފުލުުހުން ވިދާޅުވީ، ޖާބިރުގެ ގެސްޓް ހައުސްއެއްގައި މީހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޖާބިރު ގްރޫޕެއް ގޮވައިގެން އއ.މަތިވެރީގައި ހަރަކާތްތެރިވާކަމަށް އެ ރަށުގެ ކައުންސިލާއި ހަވާލާދީ ބައެއް މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ، އަދި ޖާބިރުގެ ގެސްޓް ހައުސް ކަމަށްވާ ކާސާ މިއާގައި މަސައްކަތް ކުރި ކުއްޖެއްގެ ބައްޕަ ރަހީންކޮށް އަނިކޮށްފައިވާ ކަމުގެ ހަބަރުތަކެއްވެސް ފެތުރިފައިވާއިރު ޖާބިރުވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ.