English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

އައްޑޫސިޓީ ކައުންސިލްގެ ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީގައި “ޒުވާނުން ތަރައްގީ ކުރުމުގެ ދާއިރާ” އަދި “ކުޅިވަރު ކުރިއެރުވުމުގެ ދާއިރާ” އިން މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ އައްޑޫސިޓީގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީ ދާއިމީކޮމިޓިއަށް މި ދާއިރާތަކުން މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ގޮތުން މި ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިއުމާއި، އައިޑީ ކާޑު ކޮޕީއާއި އެކު 10 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 14.00ގެ ކުރިން ސިޓީއަކުން ނުވަތަ މެއިލް (admin@adducity.gov.mv ) އިން އެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ދާއިމީ ކޮމިޓީތަކުގެ ގޮތުގައި 7 ކޮމިޓީ އުފައްދައި ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް 7 ކޮމިޓީގެ ނަން ވަނީ އިތުރުކޮށްފައެވެ، އައްޑޫ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް ކައުންސިލްގެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ކައުންސިލްގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ އެ ލިސްޓަށް އިތުރުކޮށްފައިވާ 7 ނަމަކީ

  1. އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮމެޓީ:
  2. ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމެޓީ
  3. ޖެންޑާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޮމެޓީ
  4. ދީނީ ކޮމެޓީ
  5. ޢުމްރާނީ ތަރައްޤީ އާއި ބޯހިޔާ ވަހިކަމާއި ބެހޭ ކޮމެޓީ
  6. ޓުއަރިޒަމް އެންޑް ޓްރެވެލް ކޮމެޓީ.
  7. ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީ

މި ގޮތުން ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމެޓީ އަށް އައްޔަންކޮށްފައިވާ މެންބަރުންނަކީ

  1. ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު
  2. ކައުންސިލަރ އަޙްމަދު ނާދިރު
  3. ކައުންސިލަރ އިބްރާހީމް ޝިނާޒު
  4. ކައުންސިލަރ އާމިނަތު ސާލިޙާ
  5. ކައުންސިލަރ އާމިނަތު ސަލްމާ
  6. ކައުންސިލަރ ޚާލިދާ މުޙައްމަދު
  7. ކައުންސިލަރ ޙުސައިން ފައިޒުއްރަޙުމާނު
  8. ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު
  9. ކައުންސިލަރ މަރިޔަމް ސަޢީދާ
  10. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 01 މެމްބަރު
  11. އެޑްވައިޒާރސް ( 08 މެމްބަރު)