އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ. އެމަނިކްފާނު ކޮވިޑަށް ފައްސިވީ ކަން އެނގުނީ ބަލިވެގެން ފްލޫ ކްލިނިކަށް ދެއްކުމުން މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑު އިއްޔެ އޮފީހުގައި ހުރެފަ ކުޑަކޮށް ވަރުބަލިވާތީ ފްލޫ ކްލިނިކަށް ދެއްކީ.ޕޮޒިޓިވް ވިކަން އެނގުނީ މިއަދު ހެނދުނު” ފުވާދު ތައުފީޤު.
އެމަނިކްފާނު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި ކަމުގައި ވިޔަސް ހުސްއައިސް ކޮށިއެރުންފަދަ ކަމެއް ވުން ފިޔަވައި މިވަގުތު ހާލުކޮޅު ރަނގަޅުކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ފުވާދު ތައުފީގް ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކްފާނަށް އަވަސް ޝިފާއަކަށްއެދި މެސެޖް ކުރަމުންނެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީޤު އިންތިހާބު ކޮށްފައި ވަނީ މިހިނގާ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.އޭގެކުރިން 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ވެސް ފުއާދު ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސްކަން ކުރައްވާފަ އެވެ.