ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މިއަދުގެ ނިޔަލަށް ކުރިން އޮތް ސޮއިކުރުމުގެ މުއްދަތު އިތުރުކުރަން ނިންމީ، ހުރިހާ މަސައްކަތެއް ސޯޝަލް ސެންޓަރަށް ބަދަލުކުރުމަށްފަހު މިއަދު ހެނދުނު އަލުން މަސައްކަތް ފެށުމާ ގުޅިގެން ގެއްލުނު ވަގުތުތަކަށް ބަދަލު ދިނުމުގެ ގޮތުން ކަމަށެވެ.
މާދަމާއަކީ ބޮޑު އީދު ދުވަސް ކަމަށްވާތީ އެ ދުވަހު ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ދެން އޮންނާނީ މާޗު 21 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރުފަހު 13:00 ގެ ނިޔަލަށެވެ.