English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026ގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކޮށް މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން ވަނީ ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް އާންމު ކޮށްފައެވެ.
އީސީން ބުނީ މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު ގައި އަދި، އައްޑޫސިޓީ ހިތަދޫގެ އަވަށު އޮފީހުގައި ޢާންމުކޮށް ފެންނަން ހުންނާނެއކަމަށެވެ. އީސީން ބުނީ މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ މޭ 3 ވާ އާދީއްތަ ދުވަހުން ފެށިގެން މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ނިޔަލަށް ކަަމށެވެ.

ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރި ކޮށެވެ. އެގޮތުން ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެކަމަށް އީސީން ވަނީ ބުނެފައެވެ.