English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

ގަލޮޅު ސްކޫލު ތެރޭގައި ކެމެރާ ހަރުކޮށް، ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑު ކޮށްފިއެވެ.

ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު އަންހެނަކު ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެފައިވާއިރު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ، ކުއްޖާ ފަހާނާއަށް ގެންދިޔަ އެ ތަނުގެ މަސައްކަތު މީހެކެވެ. މި މައްސަލައިގައި ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑު ކުރީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ ސީދާ އެތަނުން ކާކު ކަން ނޭނގޭތީއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ސްކޫލުގެ 18 ތަނެއްގައި ވަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އަދި ކުދިން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުންކަމަށް ސްކޫލް މެނޭޖްމަންޓުން ނެރުނު ދެންނެވުމެއްގައި ބެލެނިވެރިންނަށް ވަނީ އަންގާފައެވެ.

މި މައްސަލަ ފެންމަތިވުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅިކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.