English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް 25 ޖެނުއަރީ 2020 ވަނަ ދުވަހު ކާނިވަލް ސަރަޙައްދުގައި ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން ބޭއްވި އިހުތިޖާޖުގެ ތެރެއިން - ފޮޓޯ: އެމްވީ ކްރައިސިސް

މާލޭ ޕްރީ ސްކޫލެއްގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެކެވެ.

ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު އަންހެނަކު ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެފައިވާއިރު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ، ކުއްޖާ ފަހާނާއަށް ގެންދިޔަ އެ ތަނުގެ މަސައްކަތު މީހެކެވެ. މި މައްސަލައިގައި ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ވަނީ ސަސްޕެންޑު ކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، މި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅިކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި އެޑިއުކޭޝަނުން ވަނީ ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި އެ ކުދިންނަށް ޒިންމާވާނެ ޓީޗަރަކު ހަވާލުވެހުރިކަން ކަށަވަރުކުރުމަށް ޕްރިންސިޕަލުންނަށް ވެސް އަންގާފައެވެ.