English Edition
Dhivehi Edition

ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން މެނޭޖަރު ނޫރާ ޒާހިރެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތާއެކު ކްލަބް މޯލްޑިވްސް އިން އަންނަނީ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ވިމެންސް ފުޓްސަލް ފިއެސްޓާގެ ނަމުގައިވެސް މުބާރާތެއް ބާއްވަމުންނެވެ.

ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިއަހަރުވެސް 32 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގެ ވިމެންސް ފުޓްސަލް ފިއެސްޓާގައިވެސް 8 ޓީމުން ވަނީ ބައިވެރިވެފައެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ނިމޭނީ ޑިސެމްބަރު 30ގައެވެ.