English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

“އައްޑޫ ސިއްހީ ނިޒާމް ފުނޑާލައިފި” މި ނަމުގައި މިއަދު އައްޑޫ ސިޓީ ހިތަދޫގައި ސުލްހަވެރި އިހްތިޖާޖެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި އިހުތިޖާޖުގެ ކުރުމަށް ނިންމާފައިވަނީ މިއަދު ހަވީރު 16:00 ގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައެވެ. މިއީ އެސިޓީގެ ސިއްހީ ނިޒާމު ފުނޑާލާފައިވާތީ ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވުމަށް ނިންމާފައިވާ އިހުތިޖާޖެކެވެ.

އައްޑޫ ސިޓީގެ ސިއްހީ ނިޒާމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވާއިރު، ދާދި ފަހުންވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުން ލަސްކޮށްގެން ތިން މަހުގެ ތުއްތު ކުއްޖަކު ވަނީ ނިޔާވެފައެވެ. އައްޑޫ ސިޓީ ހޮސްޕިޓަލުން ހިދުމަތްތައް ހޯދުމުގައި އުފުލަންޖެހޭ ތަކްލީފްތައް ބޮޑުވެ އައްޑޫ ރައްޔިތުންގެ ޝަކުވާތާއް އިންތިހާއަށް ބޮޑުވެފައިވާއިރު އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ އޭއީއެޗްގެ ހިދުމަތް ގޯހުން ގޯހަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނިހާދުވަނީ އައްޑޫގެ ސިއްހީ ދާއިރާ ފުނޑާލައިފައިވާ ކަމަށާއި މިއީ ސަރުކާރާއި ރައްޔިތުންނާއި ދޭތެރެ ޖައްސަން ހިންގަމުންދާ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ