English Edition
Dhivehi Edition

އައްޑޫ ސިޓީ އިން މި ސަރުކާރުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ފެނުމުން، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ ކޯސްވެ ބަސްހުއްޓިފައި ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ،

ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް / ޕީއެންސީ ޓީމުގެ މެމްބަރުންގެ ދުލުން އަބަދުވެސް އިވެމުން ދިޔަ އަޑަކީ “ހާދަ ކަމެއް އެބަ ކުރެއޭ” ބުނާ ވާހަކަ ކަމަށާއި އައްޑޫ ސިޓީގެ މަގު ހަދަން މުޅި ސިޓީ ކޮނެފައި އޮތް ވާހަކަ ވެސް ބުނަމުންދާކަމަަށެވެ. “އިންޖީނުގެއާއި އޮފީސްތަކާއި މިސްކިތްތައް އަޅަނީ އޭ. ލިސްޓު ދިގޭ. ޔާމީން ވެސް ހުރީ ކޮސްވެ ބަސް ހުއްޓިފައި. ދެން ވާނެ ވައުދަކާއި މެދު ވިސްނަން” ނިހާދު ގެ ޓުވިޓްގައި ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު ނިހާދު މިހެން ވިދާޅުވެފައިވާއިރު، 2018 ވަނަ އަހަރުގެ ފަހުން ރައީސް ޔާމީން އައްޑޫ އަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅުގައި ފޭދޫގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް، އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، އެ ސިޓީން މާބޮޑު ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވެފައެވެ.