English Edition
Dhivehi Edition
ފޮޓޯ: ޓުވިޓާ

މުޅި އައްޑޫ ބަދަލުކޮށްލާނެ ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކުރިއަށް ގެންދާ ހަންކެޑެ ބްރިޖުގެ މަސައްކަތުގެ ބައެއް ފޮޓޯތައް ހިއްސާކުރައްވަމުން ނިހާދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފޮޓޯއިން ފެނިގެން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އައްޑޫސިޓީ ބްރިޖް ކަމަށެވެ. އަދި ރައީސް ސޯލިހް އަށް ދެވަނަ ދައުރެއް ދޭން އައްޑޫ ސިޓީ މީހުން ނޫނެކޭ ބުނާ ނަމަ އެއީ ތަރައްގީ އަށް ނޫނެކޭ ބުނުން ކަމަށް ނިހާދު ވިދާޅުވިއެވެ. އިތުރަށް ނިހާދު ވިދާޅުވީ 400 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އިންވެސްޓްމެންޓެއް ރައީސް ސޯލިހް ވަނީ އައްޑޫއަށް އަޅަން ފަށާފައިކަމަށާއި ތިބެންވީ ރައީސް ސޯލިހް އާއި އެކު ކަމަށެވެ.

މީގެ ކުރިން ނިހާދު ކުރެއްވި ޓިވިޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އައްޑޫސިޓި ބާކީކޮށްލާފައި އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. މި ސަރުކާރުން އައްޑޫ ބަދަލުކޮށްލަން އެތައް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގަމުން އަންނަކަން ފާހަގަކޮށް ނިހާދު ވިދާޅުވީ ރައީސް ސޯލިހާއި އެކީ އައްޑޫގެ ރައްޔިތުން ތިބުމަކީ ލާޒިމު ކަމެއް ކަމަށެވެ.

1 ކޮމެންޓް
ާައަހްމަދު
ޑިސެމްބަރު 28, 2022
މިއީ އައްޑޫ ބުރިޖެއްނޫން . މިއީ ހަންކެޑެބުރިޖު، އައްޑޫ ބުރިޖަކަށްވާނީ ހިތަދުއާއި މީދުއާއިދޭތެރެ ގުޅިދޭ ބުރިޖު . އެ ބުރިޖުގެ ވާހަކައެއް ނިހާދުވެސް ވިދާޅެއްނުވޭ . މުޅިއައްޑޫ ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ އެބުރިޖު .