English Edition
Dhivehi Edition
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް އެއް އާއިލާއެއްގެ ގޮތުގައި ޕީޕީއެމް/ޕީއެންސީ އޮންނާނެ ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މިރޭ އެކްސްގައި ނިހާދު ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ދިރުމެއް ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާކަމަށް ބުނެ އެ ކޯލިޝަނުގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ސަރުކާރުގެ އިސް ބޭފުޅުން ރައްދު ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މިގޮތުން ނިހާދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ ރައީސް ޑރ. މުއިއްޒާ އާއި އެކު ގަދަކޮށް ކަަމަށެވެ. އަދި ފިތުނަ ކޮށްގެން ބައިބައި ކުރަން ކުރެވޭ މަސައްކަތް ކާމިޔާބުވުމަކީ ނާދިރު ކަމެއްކަމުގައި ނިހާދު ވިދާޅުވިއެވެ.

ޕީއެންސީ އާއި ޕީޕީއެމް ވެގެން ދާނީ ގައުމީ ފިކުރަަށްކަން ފާހަގަކުރައްވަމުން ނިހާދު ވިދާޅުވީ ރައީސް މުއިއްޒު އަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް އެއް އާއިލާއެއްގެ ގޮތުގައި އޮންނާނެކަމަށެވެ.