ގދ.ގައްދޫ އިން ދިރިއުޅުމަށް ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.
ގދ.ގައްދޫ އިން ދިރިއުޅުމަށްޓަކައި 13 ގޯތި ދިނުމަށް އިއުލާންކޮށްފައިވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ. ގައްދޫ އިން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް އެދި 122 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
މި އިއުލާނު ކުރިތާ 02 އަހަރާއި އެއް މަސް ފަހުން މިއަދު ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ އިން ކޮށްފައިވާ އިއުލާނުގައި ބުނީ ގޯއްޗަށް އެދި ކުރިމަތީލާފައިވާ ފަރާތްތަކަށް މާކްސް ލިބިފައިވާ ގޮތުގެ ވަގުތީ މަކްސް ޝީޓް އާންމުކޮށްފާކަމަށެވެ.
މި ލިސްޓާއި މެދު އެއްވެސް ޝަކުވާއެއް ވާނަ 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ކައުންސިލް އިދާރާއަށް އެންގުމަށް ވަނި އެދިފައެވެ. މެއިލްގެ ޒަރިއްޔާއިން ޝަކުވާ ހުށަހަޅާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށްވެސް ވަނީ އެދިފައެވެ.