English Edition
Dhivehi Edition

ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތް ފެށުނީ ނޮވެމްބަރ 26 ވަނަ ދުވަހު ކަމަށެވެ.

މިހާރުކުރިއަށް ދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށާއި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެނެސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފަ އެވެ. އަދި 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫޢަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.