English Edition
Dhivehi Edition
ނައިބު ރައީސް ފައިސަލް ނަސީމް ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކޮށްދެއްވައިފިއެވެ،

ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޙިފްޡު ކޮމިޓީ މަސައްކަތް ފުވައްމުލަކުގައި ފެށިގެން ދިއުމާއެކު ވަރަށް ބޮޑު ތަކްލީފަކުން ސަލާމަތްވެ، ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. ރަށުގައި ތިބެގެން ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތް ކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިއްޔެ ފުވައްމުލައް ސިޓީގައި އިފްތިތާހު ކުރެވުނު ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 3 މެންބަރުންނެވެ. ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

ޢަބްދު ﷲ މުފީދު – ކޮމިޓީ ރައީސް
ޙުސައިން އާދަމް – ކޮމިޓީގެ މެންބަރު
އަޙްމަދު ނަސީމު – ކޮމިޓީގެ މެންބަރު

ނައިބު ރައީސް ވަނީ ޙިފްޡު ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެގޮތް ބައްލަވާލައްވާ، ކީރިތި ޤްރުޢާން ހިތުދަސްކޮށް ޙިފްޡު އިމްތިހާނަށް ހާޒިރުވެތިބި ކުދިންނަށް ހިތްވަރުދެއްވާފައެވެ.