English Edition
Dhivehi Edition
ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ވޯޓަރ ވިލާއެއް

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިބްރާހީމް އާޒިމް މިއަދު ވިދާޅުވީ، މި ހާދިސާ ހިނގިކަން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 09:09 ގައި ކަމަށާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން މިހާރު އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ސާފެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވި އަލިފާންގަނޑުގެ ބޮޑު ބައެއް މިހާރު ވަނީ ކޮންޓްރޯލް ކޮށް ނިއްވާލާފަ އެވެ.