English Edition
Dhivehi Edition
ފްލައިން ސްކޫލްގެ މަތިންދާ ބޯޓުތަކެއް

އައްޑޫ ސިޓީގެ ގަމުގައި ހިންގަމުން ގެންދިޔަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ)ގެ މަސައްކަތްތައް ރެގިއުލޭޓް ކުރުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބޮޑެތި އިހުމާލުތަކެއް ވެފައިވާ މައްސަލަ ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިކޮށްފައިވަނީ، އޭއޭއޭ ރެގިއުލޭޓް ކުރުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮށްފައިވާ މަސައްކަތްތަކުގެ އޮޑިޓެއް ހަދައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އޮޑިޓް އޮފީހުގައި އެދުމާ ގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓްގަ އެވެ. ސިވިލް އޭވިއޭޝަނުން 2018 އިން 2020 އަށް ކޮށްފައިވާ މަސައްކަތުގެ ޕާފޯމެންސަށް މި އޮޑިޓްގައި ބަލާލާފައިވާއިރު ބައެއް ކަންކަމުގެ ޒާތުން 2018 ވަނަ އަހަރުގެ ކުރިން ހިނގާފައިވާ ކަންކަމަށާއި އަދި 2020 ވަނަ އަހަރުގެ ފަހުން ހިނގާފައިވާ ބައެއް ކަންކަމަށް ވެސް ބަލާލާފައިވެއެވެ. މި އޮޑިޓް ރިޕޯޓްގައި މައިގަނޑު 10 ކަމެއް ފާހަގަކޮށްފައިވެއެވެ.

އޭއޭއޭ ގެ ކަންކަން ބޮއްސުންލައިގެން ދިއުމުގެ ސަބަބުން ދަރިވަރުންގެ ޝަކުވާތައް ބޮޑުވެ، އެ ތަނުގެ ހިންގުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ހަވާލުކޮށްފަ އެވެ.އެހެންނަމަވެސް އެއްބަސްވުން އުވާލަން ޖެހުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެއްބަސްވުން ވަނީ އުވާލާފައެވެ.