English Edition
Dhivehi Edition

އެވިޑް ކޮލެޖުގައި ކިޔަވަން ބޭނުންވާ ކޮއްކޮމެން ޕްރީ ސްކޫލުގެ ދަރިވަރުންނަށް ޑިސްކައުންޓު ލިބޭ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލްގެ މުވައްޒަފުންނަށް ހިލޭ ތަމްރީނު ދިނުމުގެ އިތުރުން ކޮލެޖްގެ ޕްރޮގްރާމްތަކުގައި ކިޔަވަން ބޭނުންވާ، ސްކޫލްގެ މުވައްޒަފުންނަށް 15 އިންސައްތަ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. އަދި ސްކޫލަށް ކޮލެޖުންވަނީ ސްކޮލަރޝިޕެއް ދެއްވާފަ އެވެ.

މިއެއްބަސްވުމުގެ ދަށުން ކޮލެޖްގައި އާރލީޗައިޑްހޫޑް އެޑިއުކޭޝަން ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް ސްކޫލުން ތަމްރީނު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ އެވެ.

އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޗެއަރމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ކޮލެޖްގެ ފަރާތުން ސޮއިކުރެެއްވީ ކޮލެޖްގެ ޗެއާމަން ޢަބްދު ﷲ މުސްތާޤެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވި އެވެ.