English Edition
Dhivehi Edition
އިނގިރޭސި ބަސްކިޔަވާ ކޯހުގެ ބައިވެރިންނާއި އޮފިޝަލުން/ފޮޓޯ ޑަބްލިއުޑީސީ

ހަފްތާ ކަބަރަ: އައްޑޫސިޓީ

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއައް މަސައްކައް ކެރާ ކޮމިޓީއެއި ހިތަދޫ ކެމްޕަސް ގުޅިގެން ހިލެއި ސާބަހައް ބޮނޑަތިމީހުންނައް އިނގިރޭސިބަސް ދަސްކޮއްދޭ ކޯހައް ހިނގުވާއް ފެށީއަސް ހަފްތާ ނިމެމުން އޭވޭލެއި.

30މީހުންނާއި އެއްކޮއް ފެށި މިކޯހަކީ ކެމްޕަހަށް ހާޒިރުވެގެން ކުރިއައް ގިނޭ ފިޒިކަލް ކޯހައް. މީ އިނގިރޭސިބަސް ދަސްކެރާއް ޝައުޤުވެރިވޭ ގިނަ ބާކިންގެ އެދުމުގެ މަތިން ޑަބްލިއުޑީސީއެއި ހިތަދޫ ކެމްޕަސް އިން ފަހިކޮއްދިން ފުރުސަތައް ކަމައް ހިތަދޫ ކެމްޕަސްގެ މެނޭޖަރ އިދްހާމްފަހްމީ ވިދާޅަވި.

ކޯސް ފެށުމުގެ ގޮތުން ބޭވި ރަސްމިއްޔާތެ ވާހަކަ ދައްކަވަމުން އިދްހާމް އިތިރައް ވިދާޅަވީ މިކޯހަށް ލިބިގެން އޭ ތަރްޙީބާއި އެކީ އަންހެނުންނައް ގޭއެތެރެ ގިނިވޭނޑޭ ކަރަންޓްސާމާން މަރާމާތުކޮއް ބަލަހައްޓާއް ދަސްކޮއްދޭ އިލެކްޓްރިކަލް އެޕްލަޔަންސަސް ކޯހަކަސް ވަރައް އަވަހައް ފަށާހެއް ކަމައް. އަދި ހަމައެއާއި އެއްކޮއް ޢަރަބި ބަސް ދަސްކެރާއް ބޭނުންވޭ މީހުންނަށް ބަހުގެ ކޯހަކަސް ހިނގުވާއް ރާވަމުން އޭކަމުގެ ޢިޝާރާތައް ކެމްޕަހުން ކެޑެ. ބެރާއްސަތި ދުވެހި ފެށެނެ އިނގިރޭސި ބަހުގެ ކޯހެ 29 އަންހެނުންނާއި 1 ފިރިހެނައް ބައިވެރިވި.

މީ 40 ގަޑި ނަގައިދޭގޮތައް ކުރިއައް ގިނޭ ކޯހައް. މިކޯސް ކުރިއައު އޭނެއި އެންމެ ބޭސިކުން ފެށިގެން ކޮންމެ ދުވަހަކި ބޭނުންކެރާ ޢާއްމު ކުދު ކުދު ބަސްތައް ލޭނައް ކޭއު އެނގޭ މިންވަރައް ކަމައް ޑަބްލިއުޑީސީން މަޢުލޫމާތު ދެއި.. މިކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮއްދެއްވީ އައްޑޫސިޓީ މާމެންދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ޢަދާލާ ރަޝީދު.އޭގެ އިތިރައް ހިތަދޫ ކެމްޕަސްގެ އިސްބޭފުޅުންނާއި އަންހެނުންގެ ތަރައްޤީއައް މަސައްކައް ކެރާ ކޮމިޓީގެ ރައީސާ އަދި މެންބަރުން ބައިވެރިވި.

2 ކޮމެންޓް
Hahaha
އޮކްޓޯބަރު 18, 2021
މަ މިޔާ ކެޑެ ކޮމެންޓާ މިވެރިޔެ ޕޯސްޓަސް ނިކެޑެޔަ.
ނިހާ
އޮކްޓޯބަރު 17, 2021
އައްޑޫ ބަހުން ލޭނަ ފެހޭއަސް ރަނގަޅާ ލޭނަށް ދަސްކެރާ ޖެހެއިނުނީ. އައްޑޫ ބަހާއި، ދިވެހި ބަހާއި އެއްކޮގަން ނިލޭއި ކޮންމިޔަސް އެއްގޮތަކަށް ރިވެތިކޮށް ލޭނަށް ތެބެޖެހެއި ނުނޯ. މަ ހިތަށް އަރައި މިވެރިން ލޭނައޭ އެޑިޓް ކެރާ ނުންފެހޭ ވެރިފައި ކެރާއް ބާކިންނަސް ނިތިބޭތައު. ކޭބާކިން ލަދުން ބޯ ހަލާކި.