English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ ސިޓީގައި ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ފްރަންޓްލައިން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ، ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގެގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސީވީ އާއި އެކު އެކަމަށް އެދި އެ ހޮސްޕިޓަލަށް ސިޓީ ހުށަހެޅުމަށް އެދިފައެވެ. އަދި ހޮސްޕިޓަލްގެ އީމެއިލް [email protected] އަށް ފޮނުވާ ސިޓީ އަދި ސިވީ ވެސް ބަލައިގަންނާނެކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.

އައްޑޫ ސިޓީގައި ކޮވިޑްޖެހޭ މީހުންގެ އަދަދު އިތުރަމުން އަންނަނައިރު އިއްޔެވެސް އެ ސިޓީން 17 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 1،756 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ، މީގެތެރެއިން 1،509 މީހުން ވަނީ ބަލިން ރަނގަޅު ވެފަ އެވެ. އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 243 އަށް އަރާފައިވާއިރު ތިން މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.