English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫއަށް އުފަން ރަންއަޑުގެ ވެރިޔާ މޫޝާން މުބާރިކްގެ އިތުރު މަސައްކަތެއް ބެލުންތެރިންނާ ހަމައަށް އަންނަން އުޅޭކަމުގެ ސިގްނަލެއް ދީފިއެވެ.

ސޯލޯ ލަވަ ކިޔުންތެރިންގެ ތެރޭގައި ހިމެނޭ މޫޝަން މުބާރަކްގެ “ރީތިކަން” އަދި “ރަންނަމާރި”އަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބަށް ފަހު މޫޝާން ގެ އަޑެއް ނީވޭތާ ދުވަސްކޮޅެއް ވުމަށްފަހު މޫޝާން ގެ ފޭސްބުކްގައި ކޮންމެ ވެސް އާ ކަމެއް ކުރަން އުޅޭ ކަމުގެ އިޝާރާތެއް އިއްޔެ މިވަނީ ކޮށްފައެވެ.

މޫޝަންގެ އޮފިޝަލް ފޭސްބުކް ޕޭޖުން ހިއްސާ ކޮށްފައިވާ ޓީޒާއެއްގައި ފެންނަނީ އޭނާގެ ލޯގޯއާއެކު ވަރަށް އަވަހަށް އެއްޗެއް އަންނާނެ ކަމެވެ. ޓީޒާ ކޮޅުގައި ކުޑަ ރާގު ކޮޅެއް އަޑު އިވޭއިރު ހޭޝްޓެގެއްގެ ގޮތުގައި “މޫޝަން މުބާރިކް” ބޭނުން ކޮށްފައިވެއެވެ.

މިއީ މޫޝާންގެ އަމިއްލަ ރާގުގެ އަލްބަމެއް ނުވަތަ އާ ވީޑިއޯ ލަވައަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން މަކާއޫގައި ބޭއްވި ޓީވީ ސޯންގް ފެސްޓިވަލްގައި، 2014 ވަނަ އަހަރު ރާއްޖެ ތަމްސީލްކޮށް މޫޝާން ކިޔާފައިވާ ލަވައާއެކު މިޔުޒިކުގެ ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ މޫޝާންގެ ކޮންމެ މަސައްކަތެއްވެސް އެހާ ފުރިހަމައެވެ.

މޫޝާންގެ މިހާތަނަށް ރިލީޒްވެފައިވާ ހުރިހާ ލަވަތަކެއް ލަވަފޮށިން އެޕުން ވެސް އަޑުއަހާލެވެއެވެ.