English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ::ފޮޓޯ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގެންނެވީ 3 ދުވަހަށް ކަމަށް ނިންމާފައިވަނީ މީޑިއާތަކުން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

6 މެއިގެ ހަލަމާއަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނކުފާނު ރާއްޖެ ވަޑައިގަތީ ތިން ދުވަހަށް ކަމަށް ނިންމެވީ ނޫސްވެރިންކަމަށާއި އެއީ އެއްވެސް ތަނެއްގައި ދެއްކެވި ވާހަކައެއް ނޫންކަމަށެވެ.

ނަމަވެސް ފުރާ ދުވަސް ވިދާޅުވެވެން ނެތް ކަމަށާއި ސިފައިންގެއިން އެދެނީ އެއްތަނުން އަނެއްތަނަށް ދާއިރު އެ މައުލޫމާތު އާންމު ނުކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު މަޑުކުރެވެން ނެތްކަމަށާއި ނަމަވެސް މަޑުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ މަޑުކުރައްވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ..

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ފަހު ހުންނަވަނީ ހޮޓެލް ޖެންގައެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ހޮޓެލް ޖެންގައި މަޑުކުރައްވަނީ ސަރުކާރުން މަޖިލީހުގެ ރައީސަށް ހަމަޖައްސާ ރަސްމީގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ. ޖެން ހޮޓެލުގައި ހުރުމުގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސައިފައިވަނީ ސަރުކާރުން ކަމަށް ނަޝީދު ވިދާޅުވިއެވެ،

ޖެންގައި ހުންނަވަން ބޭނުންފުޅު ނުވާކަމާއި، ހުންނަވަން ބޭނުންފުޅުވަނީ އަމިއްލަ ގޭގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަލާމަތީ ސަބަބުތަކަށްޓަކައި އެކަން އެގޮތަށް ނުކުރެވޭކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ޓެރަރިސްޓު ހަމަލާއެއް ދީފައި ވަނީ އެމަނިކުފާނު ދިރިއުޅޭ ގ. ކެނެރީގޭ ކައިރީގައި ހުރި ސައިކަލެއްގައި އީއައިޑީއެއް ގޮއްވާލައިގެންނެވެ