English Edition
Dhivehi Edition

ހިތަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 85 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

މިމީހާއަކީ މީގެ ދެތިން ދުވަސް ކުރިން ބަނދެގެން ފަރުވާދޭން އުޅުނު ކަމުގެ ތުހުމަތު ބަލިމީހާގެޢާއިލާއިން ކޮށްފައިވާ މީހެކެވެ. އިއްޔެކޮވިޑް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައީވެސް އެމީހާއަށް އެކަންޏެވެ.

މީގެ 17 ދުވަސް ކުރިން ކޮވިޑް ފެސިލިޓީގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ފެށި މިމީހާ ބަނދެގެން ފަރުވާ ދިނުމަށް އެ ފެސިލިޓީގެ ޑޮކްޓަރުން މަސައްކަތްކުރި މައްސަލަ ފެންމަތިވެ، އޭނާގެ އާއިލާއިން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އުމުރުން ދުވަސްވީ މި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ. އޭނާގެ ހާލަތު އާއިލާއިން ވަރަށް ރަގަޅަށް ކިޔައިދީފައިވާއިރު، އާއިލާގެ ފަރާތުން އެހީތެރިއަކު ބެހެއްޓުމުގެ ހުއްދަ އަށްވެސް ވަނީ އެދިފައެވެ. އެހެންނަމަވެސް އާއިލާއަށް އެ ހުއްދަ ދީފައިނުވާއިރު ފެސިލިޓީގައި ބަލިމީހާއަށް އެކަށީގެންވާ ގޮތެއްގައި އަޅާނުލާކަމުގެ ތުހުމަތު ވެސް އާއިލާއިން ވަނީ ކޮށްފައެވެ. އަދި ކެއިން ބުއިމުގެ ކަންކަމުގައި ވެސް އަމަލުކުރާ ގޮތާމެދު އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އާއިލާއިން ވަނީ އެތަނުގައި އެހީތެރިއަކު ބެހެއްޓުމަށް ހުއްދަ ނުދިނުމުން ބަލި މީހާގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ބުނެފައެވެ.

މީގެ އިތުރުން އާއިލާގެ ފަރާތުން ބުނީ، ކުއްލިއަކަށް ހޮސްޕިޓަލުން ގުޅާފައި ބައްޕަ ބަންނަން އާއިލާގެ ހުއްދަ ބޭނުންވެޔޭ ބުނި ކަމަށާއި، އެކަމަށް އެދުމުން އާއިލާއިން ދެކޮޅު ހަދާފައިވާކަމަށެވެ. އަދި އޭގެ ފަހުން އަނެއްކާ ވެސް ހޮސްޕިޓަލުން އާއިލާއަށް ގުޅާ، އެއްޗެއްގައި ސޮއިކުރަން ބޭނުންވާ ކަމަށް ބުނި ނަމަވެސް ސޮއިކޮށްފައިނުވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މިމީހާއާއެކު ކޮވިޑް ޖެހިގެން އައްޑޫސިޓީގައި ނިޔާވި މީހުންގެ ޢަދަދު 5 އަށް އަރާފައިވެއެވެ. މިހަފްތާގެ ތެރޭ ވެސް އައްޑޫ ކޮވިޑް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ފުވައްމުލަކު މީހަކު ނިޔާވި ނަމަވެސް ހޮސްޕިޓަލުން ޢާއްމު ކުރާ ތަފާސް ހިސާބުތަކުގައި އައްޑޫސިޓީން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު ކަމަށް ހިމަނާފައިވަނީ 3 އެވެ.

 

1 ކޮމެންޓް
Gein
އޮކްޓޯބަރު 13, 2021
Maruveema body ves hawaale nukuri