English Edition
Dhivehi Edition
ކުރީގެ އީސީސީ އަދި މިހާރުގެ އޭއީއެޗްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް “ޔޫރޮލޮޖީ” ޙިދުމަތް ފެށުމަށް ބޭނުންވާ އިކުއުޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ ކުރިން ކުރި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތަށް ބަދަލު ގެންނަން ޖެހޭތީ އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރާކަމަށެވެ.

މި ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މެއި 2023 އިން ފެށިގެން 1 ޖޫން 2023 ވާ ދުވަހުގެ 13:00އަށް ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 8 ޖުން 2023 ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

 

ޓެގު