English Edition
Dhivehi Edition
ޑރ. ޔާސިރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމަށް ޑރ. އިބްރާހިމް ޔާސިރު އަހުމަދު ހަމަޖައްސައިފިއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސާފައިވާއިރު، ޑރ.ޔާސިރުއަކީ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. އެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޔާސިރު މަސައްކަތް ކުރައްވާތާ 23 އަހަރު ވަނީ ވެފައެވެ.

ބައެއް ހޮސްޕިޓަލްތައް ހިންގުމުގެ ދާއިރާގައި ވެސް އުޅުއްވި ޔާސިރު އަކީ މިހާރު ވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.

މީގެކުރިން އޭއީއެޗް ހިންގެވުމާ ހަވާލުވެ ހުންނެވީ ރާއްޖޭގެ މަޝްހޫރު ސާޖަން ޑރ. މުހައްމަދު ސޯލިހެވެ.

ޓެގު