English Edition
Dhivehi Edition
އޭއީއެޗް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، (އޭއީއެޗް) ހިންގުން ހެލްތު މިނިސްޓްރީގެ ދަށައް ބަދަލުކޮށްފިއެވެ.

ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވަކި ބޯޑެއްގެ ދަށުން ހިންގަމުން ދިޔަ އޭއީއެޗް ހެލްތު މިނިސްޓްރީގެ ދަށަށް މިއަދު ގެނެސްފައިވަނި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކާ އަދި ހިންގުމުގެ އޮނިގަޑަށް ގެނައި ބަދަކުތަކާއި ގުޅިގެންނެވެ.

މިގޮތުން މީގެ ކުރިންވަކިން ހިންގަމުން އައި ސިއްހީ މަރުކަޒުތަކާއި ޓާޝަރި ހޮސްޕިޓަލްތައް ވަނީ މިއަދުން ފެށިގެން ހެލްތު މިނިސްޓްރީގެ ދަށައް ބަދަލު ކުރެވިފައެވެ. މި ބަދަލާއެކު އޭއީއެޗްގެ އިތުރުން ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާ އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްވެސް ދެން ހިންގާނީ ހެލްތު މިނިސްޓްރީންނެވެ.

ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގައި ސަރުކާރު ހިންގުމުގެ ނިޒާމަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު، ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ އެކަމަށްޓަކައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.