English Edition
Dhivehi Edition
ރައީސް ނަޝީދު

އުތުރުތިލަފުޅު ތަރައްގީ ކުރަން އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ސޮއިކުރި އުތުރުތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން ނިންމައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްމުގައިވާ އެއްޗެއް އޮޅުން ފިލުވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކުރުމަށް، ޑިފެންސް މިނިސްޓްރީގައި މަޖިލީހުގެ އަމީންއާންމު އެދިވަޑައިގެންފައިވާކަމަށެވެ. “އިރާދަކުރެއްވިއްޔާ އިއްޒަތްތެރި މެންބަރަށް އެ އެގްރީމެންޓުގައިވާ ހުރިހާ އަކުރެއް އޮޅުންފިލުވައިދެވޭތޯ އެ ކޮމިޓީގެ ފަރާތުން ބައްލަވާ ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރައްވާ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުމަކީ އެއްވެސް ހާލަތެއްގައި ސިއްރު އެއްބަސްވުމެއް ނޫން ކަމަށާއި އެއީ ދިވެހި ދައުލަތުގެ އެއްބަސްވުމެއްކަމަށެވެ. އަދި ދައުލަތުން އެކަން ކުރައްމުންދަނީ ‘ސިއްރެއް’ ގެ ގޮތުގައި ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މި އެއްބަސްވުން ހޯދުމަށް އެދިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެ އެއްބަސްވުން މަޖިލީހާއި ހިއްސާކުރައްވާނެކަމަށް މީގެ ކުރިންވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.