English Edition
Dhivehi Edition
އުތުރުތިލަފަޅު ތަރައްގީ ކުރަމުންދާ ގޮތުގެ ޗާޓެއް

އުތުރުތިލަފަޅުގައި ދުނިޔޭގެ ބޮޑު ބާރަކުން އަސްކަރީ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީން 20 ވަނަ މަޖިލީހުގެ ކެމްޕޭނަށް ރޭ ބޭއްވި ޖައްސާއެއްގައި ވާދަކައްވަމުން އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ, އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު, އެތަންތަނުގައި ކުރިއަށް ދަނީ ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތަކެއް ނޫންކަމަށް. އެ ތަންތަނުގައި ކުރިއަށް ދަނީ އަސްކަރީ މަސައްކަތްތަކެއް ކަމަށް ވެސް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ.

އުތުރު ތިލަފަޅަކީ އެމްޑީޕީ ސަރުކާރުގައި އިންޑިއާއިން މިލިޓަރީ ބޭހެއް އެޅިކަމަށް އޭރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވެސް ތުހުމަތުކުރި ރަށެވެ.

އެ ރަށުގައި ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ “ރަސް މާލެ” ނަމުގައި ރަށެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން. އުތުރު ތިލަފަޅުގައި މިހާރު ވެސް ދިވެހި ސިފައިންގެ ޑޮކިން ބަދަރެއް އޮވެއެވެ.

އެ ރަށުގައި 20 ހެކްޓަރުގެ ބިމެއް ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރަން ގިނަ ރަށްތަކެއް އެބަހުއްޓެވެ. ނަމަވެސް ކަނޑުން ބިމެއް ހިއްކައިގެން ދަނޑުވެރިކަން ކުރަން އުޅެނީ ކީއްވެތޯ ފައްޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

މިގޮތުން ފައްޔާޒު ވިދާޅުވީ ލ އަތޮޅުގަމާ, އެ އަތޮޅު ފޮނަދޫ, ހއ ވަށަފަރު އަދި އެއަތޮޅު ކެލާ ވެސް އެއީ ދަނޑުވެރިކަން ކުރެވިދާނެ ރަށްތަކެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ބޯހިޔާވަހިކަމަށް ހިއްކާ ރަށެއްގައި ދަނޑުވެރިކަން ކުރަން އުޅެނީ “ލޮނުގައި” ކަމަށެވެ.

ފައްޔާރު ވިދާޅުވީ އުތުރު ތިލަފާޅުގައި އަސްކަރީ މަސައްކަތްތަކެއް ކުރަން ރާވަމުން އަންނަނީ ރާއްޖެއައި ދުރުގައި އޮތް ދުނިޔޭގެ ގަދަ ބާރަކުންކަމަށެވެ.

އެ ރަށުގައި ދަނޑުވެރިކަން ކުރަން ދިވެހި ސަރުކާރުން އެއްބަސްވުމެއް ހަދާފައިވަނީ ޗައިނާއަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ފާއިތުވީ ތިން މަސް ދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދެއް ރާއްޖޭހެ އިގްތިސާދީ ސަރަހައްދަށްވަދެ ކަނޑު މެޕް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ދިވެހި ރާއްޖޭގެ ކަނޑު މެޕް ކުރަމުން ދިޔައީ އިންޑިއާއާއި އެގްރީމަންޓެއް ހަދައިގެން ކަމަށް. ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން އަންނަނީ އެގްރީމަންޓެއް އޮވެގެން ކަމެއް ނުވަތަ ނޫންކަމެއް ވެސް ސާފުނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކަނޑު މެޕް ކުރުމަށް އެމްޑީޕީ ސަރުކާރުން އިންޑިއާއާއެކު ހަދާދައިވާ އެއްބަސްވުން ރައީސް މުހައްމަދު މުއިއްޒު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ކެންސަލް ކުރައްވާފައެވެ.

ފައްޔާޒް ވިދާޅުވީ ޗައިނާއިން މަސައްކަތް ކުރަނީ އިންޑިއާކަނޑުގެ ހަމަޖެހުން ނަގާލަންކަމަށެވެ.

އުތުރު ތިލަފަޅުގައި ޗައިނާއިން ކުރަނީ އަސްކަރީ މަސައްކަތްތަކެއްކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރި ނަމަވެސް, ސަރުކާރުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) މެދުވެރިކޮށް އިން ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އެމްއައިޑީގައި ހިމެނެނީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެމްއައިޑީ ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ ޝިމާދު އިބްރާހީމް. އެމްއޯޔޫގެ ދަށުން ޗައިނާގެ ކުންފުންޏާ އެކު މަސައްކަތް ކުރާނީ ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމުކުރުމަށްކަމަށް ސަރުކާރުން ބުނެއެވެ.