English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: އަޙްމަދު ޝުރާޢު (އަވަސް)

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އުޅެމުންދާ ހާލަތާއި ގުޅޭ ގޮތުން ގިނަ ބަޔެއްގެ ޝަކުވާތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހަތަރު މަސް ދުވަހަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ވަޑައިގެން، ރިޔާސަތާ ހަވާލުވެވަޑައިގެން، މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ ޓަވަރުތަކުގެ، ދިރިއުޅުމަކީ ތަނަވަސް ދިރިއުޅުމަކަށް ނުވާނެކަމަށެވެ. އަދި ހިއްކި ބިމުގެ އުސް އިމާރާތްތަކުގެ ތޮއްޖެހިފައިވާ ދިރިއުޅުން އެއީ “ތަހުޒީބީ ތަނަވަސް ދިރިއުޅުމުގެ” ގޮތުގައި ދުނިޔޭގައި ބަލައިނުގަންނަކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެފަދަ ގޮތަކަށް އިމާރާތްތައް އެޅިފައިވުމާއެކު، އެތަންތަނުގައި ހުރި ދަތިތައް ހައްލުކުރުމަށް އެޗްޑީސީން މަސައްކަތްކުރަމުންދާކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އަޅާފައިވާއިރު، މި ސަރުކާރުން އެ ފްލެޓްތައް ނުނިންމާ ހަވާލުކުރުމުން ގިނަ ބައެއް ފާޑުކިޔުންތަކެއްވަނީ އަމާޒުވެފައެވެ.