English Edition
Dhivehi Edition

މަޖިލީހުގައި ފިރިހެން މެންބަރުންނަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލަށް ބަހުސް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ނާޒިލް ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ޖިންސީ ގުނަވަން ދައްކައި، ފުރައްސާރަކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނާޒިލް ވިދާޅުވީ މަޖިލީގައި، ތިއްބެވި އެއްވެސް ފިރިހެން މެންބަރަކަށް އޭނާގެ ޖިންސީ ގުނަވަން ފެނިފައި ނުވާނެކަމަށެވެ. އަދި ދިވެހި އެންމެހާ ރައްޔިތުންނަށް ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް އެކަމުގެ ޔަގީންކަން ނާޒިލް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާ ނިމުނުއިރު ނާޒިލް އާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވުނުކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެއިން އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަމަށެވެ.

އައްޑޫ ސިޓީގައި ހުންނަ އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފައިވާއިރު، އެކަމުގެ އަޑީގައި ހުންނެވީ ނާޒިލްކަމަށް ގިނަ ބަޔަކުވަނީ ތުހުމަތު ކޮށްފައެވެ، އެ ތުހުމަތުތަކަށް ނާޒިލް ވިދާޅުވީ އޭނާއަކީ ދުވަހަކު ވެސް މީހުންގެ މުދަލަށް އަނިޔާދީ، މީހުންގެ ޖިސްމަށް ގެއްލުންދީ، މީހުން މަރަން ގޭންގު ހަދައިގެން އުޅޭ މީހެއް ނޫންކަމަށެވެ. އަދި އެކަހަލަ ކަންތަކަށް ހިތްވަރު ދޭނެ މީހެއް ވެސް ނޫންކަމަށާއި އެކަހަލަ ކަމެއްގަ ކުރިއަށް އޮތް ތަނުގައި އުޅޭނެ މީހެއް ވެސް ނޫންކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

1 ކޮމެންޓް
Gamaaru
އޮކްޓޯބަރު 11, 2021
Majeeluge anhen menbarunnah dho ehen v ma kinare gunvan dhekee