English Edition
Dhivehi Edition
މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ:/މިހާރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑުކޮށްފައިވާ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން އުވައިލައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުގައި މަހްލޫފް ސަސްޕެންޑްކޮށްފައިވައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މަހްލޫފް ސަސްޕެންޝަންގައި ހުންނަވާތާ، އިއްޔެއަށް ހަތަރު މަސްވަނީ ވެފައެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލާފައި ވަނީ ހަތަރު މަސް ދުވަސްވީއިރުވެސް އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްފައިނުވާތީއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި އެކައުންޓްތަކުގެ ލިސްޓްގައި މަހްލޫފްގެ އެކައުންޓް ވެސް ހިމެނެއެވެ.

މަހްލޫފުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެންގެވިކަމުގެ ތުހުމަތެވެ. އޭސީސީގެ ރިޕޯޓްގައިވާ ގޮތުން، މަހްފޫލްގެ އެކައުންޓަށް 33،000 ޑޮލަރު (ފަސް ލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން 2019 ވަނަ އަހަރުވެސް މަހްލޫފު ސަސްޕެންޑްކޮށްފައިވާއިރު، އޭރުވެސް މަހްލޫފްގެ ސަސްޕެންޝަން އުވާލީ އެ ކަމުގައި އޭނާ ބައިވެރިވި ކަމަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ނުލިބުމުންނެވެ.