English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި ހިންގީ ޒުވާނުންގެ ކޭމްޕްގެ ތެރެއިން ފޮޓޯ: ޔޫތު މިނިސްޓްރީ

މޯލްޑިވްސް ނެޝަނަލް ލައިބްރަރީން، ފުވައްމުލަކު ސިޓީގައި ހިންގި ލީޑަޝޮޕް ކޭމްްޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ލީޑަރޝިޕް ކޭމްޕުގައި 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު މި ކޭމްޕަކީ ލީޑަރޝިޕްގެ މުހިންމު ހުނަރާއި އަމަލީ އިލްމު ލިބިފައިވާ ބައިވެރިން ބާރުވެރި ކުރުވުމަށް ފަރުމާކޮށްފައިވާ އިމަރސިވް އަދި ޓްރާންސްފޯމަޓިވް ތަޖުރިބާއެއްކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގެ ތެރޭގައި ބައިވެރިން ވަނީ ޓީމް ބިލްޑިން ކަސްރަތުތަކާއި ވޯކްޝޮޕްތަކާއި އިންޓަރެކްޓިވް ސެޝަންތަކުގައި ބައިވެރިވެ، އިތުބާރާއި މައްސަލަ ހައްލުކުރުމާއި ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރުކޮށްފައެވެ.

ލީޑަރޝިޕް ޓްރެއިނިންގެ އިތުރުން، ޕާސަނަލް އަދި ޕްރޮފެޝަނަލް ގްރޯތް އަށް އެހީތެރިވުމަށް ކޮމިއުނިޓީ ޓޫލްސް ލީވަރ ކުރުމުގެ އަގު ބައިވެރިންނަށް ތަޢާރަފްކޮށްދިފައިވާއިރު އަމަލީ ސެޝަންތަކުގައި ޕަބްލިކް ލައިބްރަރީތަކާއި، ކޮމިއުނިޓީ ސެންޓަރުތަކާއި، ލޯކަލް އޯގަނައިޒޭޝަންތައް ފަދަ ވަސީލަތްތަކަށް އަލިއަޅުވާލާފައިވާ ކަމަށް ނެޝަނަލް ލައިބްރަރީން ވަނީ ބުނެފައެވެ.

ނެޝަނަލް ލައިބްރަރީން އިތުރަށް ބުނީ، މި ވަސީލަތްތައް ބޭނުންކޮށްގެން އެމީހުންގެ ޢިލްމު ފުޅާކުރުމާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމާއި، މުޖުތަމަޢުތަކަށް މާނަހުރި ގޮތެއްގައި ހިދުމަތް ދިނުމަށް ބައިވެރިންނަށް ދަސްވެގެންދިޔަ ކަމަށެވެ.