English Edition
Dhivehi Edition

އިންޑިއާގެ ޓެމިލްނާޑުގެ ރެފިއުޖީ ކޭމްޕްތަކުން ފިލައިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ރެފިއުޖީންގެ ބަޔަކު، އެމެރިކާ ސިފައިން އަތުލުމަށްފަހު ރާއްޖެއާއި ހަވާލުކޮށްފިއެވެ.

އިންޑިއާގެ ‘ޓައިމްސް އޮފް އިންޑިއާ’ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ލަންކާގެ ތަމަޅައިގެން 85 މީހަކު، އެމެރިކާ ސިފައިން ވަނީ އަތުލައިގެންފައެވެ. އޭގެ ތެރެއިން 59 މީހުންނަކީ ރެފިއުޖީންނެވެ.

ރާއްޖޭ ކަނޑުގެ ސަރަހައްދުން އެ މީހުން އަތުލައިގަތީ، ގަވައިދާ ހިލާފަށް ފެރީއަކުން ދަތުރު ކުރަމުން ދަނިކޮށެވެ. ރާއްޖެއާ މޮރީޝަސްއާ ދެމެދަށް އިންޑިއާ ކަނޑަށް ފެރީ ހުއްޓުމުން އޮޔާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެމީހުންގެ ފެރީ ވަނީ ލައްގާފައެވެ.

އެ މީހުން ސަލާމަތްކުރީ ޑިއަގޯ ގާސިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނެވެ. އެމީހުން އުޅުނީ އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާއަށް ގޮސް ކެނެޑާގެ ހިމާޔަތް ހޯދުމަށްކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. އެމެރިކާ ފުލުހުން އަތުލައިގަތް މީހުންގެ އަތުގައި ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް ލިޔުމެއް ނެތްކަމަށް ރިޕޯޓްކޮށްފައިވާއިރު މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ،

1 ކޮމެންޓް
Hh
އޮކްޓޯބަރު 9, 2021
Emeehunge baheh libey oru onnaanee vaane echcheh vefa.