English Edition
Dhivehi Edition

އެންމެ ފަހުން އެޕަލް ކުންފުނިން، ނެރުނު އައިފޯން 13 އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.

މިހާރު އެ ކުންފުނީގެ އޮންލައިން ވެބްސައިޓް “މޫލީ” މެދުވެރިކޮށް އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް އާއި އައިފޯން 13 މިނީ އަށް ޕްރީ އޯޑަރު ކުރެވޭނެ އެވެ.

އިއްޔެ އިން ފެށިގެން މޫލީގެ ވެބްސައިޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯނު 13 ގެ މޮޑެލްތައް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލުމާ އެކު ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ އައިފޯން 13 އަށް އޯޑަރު ކޮށްފަ އެވެ. އަދި އިތުރު ފަރާތްތަކަށް ވެސް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އައިފޯނު 13 ސީރީޒްގެ ފޯނުތަކުގައި ހިމެނޭ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ހަލުވި ޗިޕެވެ.

މިދިޔަ މަހުގެ 14 ގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ވާޗުއަލް އިވެންޓެއްގައި އައިފޯން 13 ސީރީޒްގެ ފޯނުތައް ދައްކާލާފައިވާއިރު މި ފޯނު ބާޒާރަށް ނެރެފައިވަނީ މިދިޔަމަހުގެ 24 ގައެވެ. މި ފޯނު ލިބެން ހުންނާނީ ޕިންކް، ބްލޫ، މިޑްނައިޓް އަދި ސްޓާލައިޓް މި ހަތަރު ކުލައިންނެވެ. އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި އާ އޭ15 ބައޮނިކް ޗިޕާއި އެކު 5ޖީ ހިމެނެއެވެ. މި ފޯނުގެ ކެމެރާ އަށް ބަދަލުތަކެއް ގެނެސްފައިވާއިރު މި ފޯނުތަކުގެ ކެމެރާ އަކީ “ފިލްމު ޝޫޓް ކުރެވޭ ކޮލިޓީ” ގެ ކެމެރާއެކެވެ.

އުރީދޫ މޫލީން އައިފޯން 13 ސީރީޒްގެ ފޯނުތައް ޕްރީއޯޑާ ކުރެވޭ އަގުތައް:

  • އައިފޯން 13 މިނީ (128 ޖީބީ): 16،599ރ.
  • އައިފޯން 13 (128 ޖީބީ): 18،899.01ރ.
  • އައިފޯން 13 ޕްރޯ (256 ޖީބީ): 25،799ރ.
  • އައިފޯން 13 ޕްރޯ މެކްސް (256 ޖީބީ): 28،199ރ.