English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

އައްޑޫސިޓީ ކައުންސިލްގެ ދާއިމީކޮމިޓީތަކުގެ ތެރެއިން ސޯޝަލް ކޮމިޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާއިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫސިޓީ ކައުންސިލްގެ ދާއިމީކޮމިޓީތަކުގެ ތެރެއިން ސޯޝަލް ކޮމިޓީގެ އެކި ދާއިރާތަކުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ، މި ގޮތުން ސޯޝަލް ކޮމިޓީގައި ހިމެނޭ ދާއިރާތަކަކީ

  1. ތަޢުލީމީ ދާއިރާ
  2. ތިމާވެށީގެ ދާއިރާ
  3. އިޖްތިމާއީ ދާއިރާ
  4. ސިއްހީ ދާއިރާ
  5. ތާރީޚާއި ސަޤާފަތުގެ ދާއިރާ
  6. އާންމުޚިދުމަތުގެ ދާއިރާ

ސިޓީ ކައުންސިލުން ވަނީ މި ދާއިރާތަކުން ކައުންސިލްގެ ސޯޝަލް ކޮމިޓީއާއި ގުޅިވަޑައިގެން މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިއުމާއިއެކު 14 އޮކްޓޯބަރު 2021 ދުވަހުގެ 14.00ގެ ކުރިން އެއިދާރާއަށް ހުށަހެޅުމަށް އެދިފައެވެ.