English Edition
Dhivehi Edition
އައްޑޫސިޓީ/ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީގެ 4 އަވަށަކުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތީގެ ގުރުނެގުން މި ހަފްތާތެރޭގައި ބާއްވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯތީގެ ގުރުނެގުމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސީޓީއިން ގޯތިދޫކުރެވޭނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަަމަށެވެ. މި ގޮތުން ފުރަތަމަ މަރުޙަލާގައި ގޯތިދޫކުރެވޭނީ އައްޑޫގެ 4 އަވަށަކުން ޖުމަލަ 1000ގޯތި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މީގެތެރެއިން ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، ހުޅުދޫއިން 100 ގޯތި، އަދި މީދޫއިން 100 ގޯތި ދޫކުރާނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ 2024 ޖޫންމަހުގެ ނިޔަލަށް މިހާރު އާންމުކުރެވިފައި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގޯތިދޫކޮށް ނިންމުން ކަމަށެވެ.