އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ “އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2023” މި އަހަރު އެޕްރީލް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގެ މަގްސަދަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި، ކުޅިވަރުގެ ރޫޙް އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި، ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި ގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 25 ޖަނަވަރީ 2024 ވަނަ ދުވަހާ ހަަމައަށް ހުޅުވާލާފައިވާއިރު، ކުޅުންތެރިންގެ ލިސްޓު ހުށަހަޅަންޖެހޭ ފަހުގެ ތާރިހަކީ 25 ފެބްރުއަރީ 2024 ވަނަ ދުވަސްކަމަށް އައްޑޫ ސީޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި 14 އެޕްރީލް 2024 ވަނަ ދުވަހުގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުންގެ ލިސްޓަށް ބަދަލުގެނައުމުގެ ފުރުސަތު ޓީމުތަކަށް ލިބިގެން ދާއިރު މި މުބާރާތުގެ ގުރުނެގުން އޮންނާނީ 19 އެޕްރީލް 2024 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މި މުބާރާތުގެ ހުރިހާ ކަމެއް ވިލަރެސްކޮށް އިންތިޒާމްކުރާނީ “ޔުނިޓީ ފައުންޑޭޝަން”އިން ކަމުގައިވާ އިރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު، ޖަމިއްޔާ އަދި ޖަމާއަތްތަކަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.