English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: މުހައްމަދު އަޒްހާން

‘މޯލްޑިވްސް ރެޒިލިއަންޓް ރީފް އިކޯ ސިސްޓަމް ފޮ ދަ ފިއުޗަ ޕްރޮޖެކްޓް” އާ ބެހޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް މިރޭ އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މި ސެޝަން އޮންނާނީ މިރޭ 8:00 އިން 9:00 އަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

‘ދުޅަހެޔޮ ފަރުތައް، ދެމެހެއްޓެނިވި އިގްތިސާދު’ ޝިއާރުގެ ދަށުން މިރޭ ބާއްވާ މި ސެޝަން ހާއްސަކޮށްފައި ވަނީ އާންމު ރައްޔިތުންނާއ، މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށާ، ޑައިވް ސެންޓަރުތަކާ، ޓޫރިޒަމް، ދަނޑުވެރިކަމާ އަދި މަސްވެރިންގެ އިތުރުން އެހެން ވެސް ތަފާތު ވިޔަފާރީގައި އުޅޭ ފަރާތްތަކަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ބާއްވާ މި ސެޝަނުގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.