ޖަލުގައި ބަންދުކޮށްފައި ހުއްޓާ މީހަކު ނިޔާވި މައްސަލައިގައި ކަންވީގޮތް ބެލުމަށްފަހު, އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކަށް ރޭ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ، ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ 46 އަހަރުގެ މ. މަލަސް/ ކ. މާލެ އިސްމާޢީލް ޝަބީން އެވެ. އޭނާ އަކީ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ޝާބިން ނިޔާވީ ރޭ 19:00 ގައި ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
ޝާބިން އަކީ ހަކުރު ބައްޔަށް ބޭސް ބޭނުންކުރަމުން ދިޔަ މީހެއްކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ޝާބިން ނިޔާވި މައްސަލައިގައި ކަންވީ ގޮތުް ބެލުމަށްފަހު ފިޔަވަލޫ އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ޕީޖީ އިން ބުނެފައިވާއިރި މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެއްވެސް މުވައްސަސާއަކުން ހިއްސާކޮށްފައެއް ނުވެއެވެ.