English Edition
Dhivehi Edition
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ފުލުހުންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕޖީ) އޮފީހުން ބުނެފިއެވެ.

މިދިޔަ ޖަނަވަރީމަހު 31 ވަނަ ދުވަހު ޝަމީމްގެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިން އޭނާއަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ދެމީހު މަރުތޭލަކުންނެވެ. މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގެ ތެރެއިން، ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރުމާމެދު ފުލުހުންނާއި މަޝްވަރާ ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވާއިރު އެ އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.