English Edition
Dhivehi Edition
1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރަން ނިންމައިފިއެވެ.

މިކަން އިއުލާންކުރެއްވީ ރޭ ކުރިއަށްދިޔަ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ

ރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކޮށްފައި ނެތްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަދަ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރަން ފެށުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ޤައުމީ ދުވަސް އެ ބަޠަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެ ރަދުންގެ ޤައުމީ ޖިހާދުގެ އެންމެ އިސް ސަފުގައި، ދިވެހި ފަސްގަނޑަށްޓަކައި ޤުރުބާންވެވަޑައިގެންނެވި، ފަރާތްތަކުން ވެދެއްވި މަތިވެރި ޤައުމީ ޖިހާދުގެ ހަނދާން އާކޮށް އެ ބަޠަލުންގެ ފުރާނަފުޅަށްވެސް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ.