English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމުގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި ރޯކޮށްލުމަށް މަސައްކަތްކޮށްފިއެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލު ކައިރީގައި ހުންނަ މީގޭގައި ރޯކޮށްލަން މަސައްކަތްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޭގެ ދޮރަށް ތެޔޮ އަޅައިގެން ގޭގއި ރޯކޮށްލަން މަސައްކަތްކުރި ނަމަވެސް، ގޭގައި ރޯވެފައެއް ނުވެއެވެ. ‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި ހިތަދޫ މީހަކު ބުނީ ގޭގައި އަލިފާން ރޯނުވީ، ރޭ އައްޑޫ ސިޓީއަށް ވިއްސާރަވެ، ވެހުނު ވާރޭގެ ސަބަބުން ކަމަށެވެ.

މިކަމާއި ގުޅިގެން އަދި ފުލުހުން އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު އަސްލަމް ވެސް އެއްވެސް މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.