English Edition
Dhivehi Edition
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް

އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ 44 މެންބަރުންނަށްވުރެ ގިނަ މެންބަރުންގެ ސޮއާއެކު އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި ނަމަ، އެ މައްސަލަ ހުށަހަޅައިފިކަން އެނގިލެއްވުމާއެކު މަޖިލީހުން ނިކުންނަވާނީ އިސްތިއުފާގެ ސިޓީގައި ސޮއިކޮށްފައި ކަމަށެވެ.”އަޅުގަނޑުގެ ސަބަބުން މަޖިލީހުގެ މަސައްކަތް ހުއްޓިގެން ނުދާނެ.” އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ހިފޭ ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރިކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައްޔިތުންގެ ހަގީގީ އިތުބާރު ލިބިފައިވާ ތަނަކަށް ރައްޔިތުންގެ މަޖިލީސް ހަދަން ބޭނުންވެލައްވާކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލްތައް ނިންމުމުގެ މަސައްކަތް އަވަސް ކުރުމަށް ކޮމިޓީތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.