English Edition
Dhivehi Edition

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ޓިކެޓް މުހައްމަދު އަސްލަމްއަށް އަދި ހިތަދޫ ދެކުނު ދާއިރާގެ ޓިކެޓް އިބްރާހިމް ނާޒިލް އަށް ކަށަވަރުވެއްޖެއެވެ.

މިއަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި 36 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓު ކަށަވަރުވެފައި ވަނީ ވާދަ ކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވަން ނިންމަވާފައި ނުވާތީއެވެ.

މި ގޮތުން ޓިކެޓް ކާމިޔާބުވި ކެންޑިޑޭޓުންނަކީ:

  • މުހައްމަދު އަސްލަމް – ހިތަދޫ އުތުރު ދާއިރާ
  • އިބްރާހިމް ނާޒިލް – ހިތަދޫ ދެކުނު ދާއިރާ
  • ހުސައިން މުހައްމަދު ދީދީ – ފުވައްމުލަކު މެދު ދާއިރާ
  • އަހުމަދު ސަލީމް – ހޯރަފުށި ދާއިރާ
  • މުހައްމަދު އާރިފް – އިހަވަންދޫ ދާއިރާ
  • ހުސައިން ޒިޔާދު – ވައިކަރަދޫ ދާއިރާ
  • މުހައްމަދު ރާއީ – މަކުނުދޫ ދާއިރާ
  • އަލީ ރިޒާ – މިލަންދާ ދާއިރާ
  • މުހައްމަދު ޝާހިދު – ފުނަދޫ ދާއިރާ
  • އަހުމަރު ފާތިހު – ހޮޅުދޫ ދާއިރާ
  • އިސްމާއިލް އަހުމަދު – ދުވާފަރު ދާއިރާ
  • މުހައްމަދު ޝަފީގު – ތުޅާދޫ ދާއިރާ
  • ޖީހާން މަހުމޫދު – ހިންނަވަރު ދާއިރާ
  • މުހައްމަދު ލުތުފީ – މާފުށި ދާއިރާ
  • އިބްރާހިމް އަމީރު – ތުލުސްދޫ ދާއިރާ
  • އަލީ އަމީޒް – މާމިގިލި ދާއިރާ
  • އިކްރާމް ހަސަން – ދިއްގަރު ދާއިރާ
  • އިޔާސް އިސްމާއިލް ލަތީފް – މީދޫ ދާއިރާ
  • ހަސަން ޝިނާން – ގުރައިދޫ ދާއިރާ
  • ހުސައިން އަބޫބަކުރު – ފޮނަދޫ ދާއިރާ
  • ޔައުގޫބު އަބްދުﷲ – ދާންދޫ ދާއިރާ
  • އަހުމަދު ސައީދު – ގެމަނަފުށި ދާއިރާ
  • ސައްޔާހު ހަލީހް – ކޮލަމާފުށި ދާއިރާ
  • އަހުމަދު ގައިސް – ތިނަދޫ އުތުރު ދާއިރާ
  • އަހުމަދު ޒައީމް – ފަރެސްމާތޮޑާ ދާއިރާ
  • އަހުމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ
  • އިބްރާހިމް އަލީ ޖަލީލް – މެދު ހެންވޭރު ދާއިރާ
  • ހުސައިން ޝަމީމް – ހެންވޭރު ދެކުނު ދާއިރާ
  • މުހައްމަދު އިބްރާހިމް – ގަލޮޅު އުތުރު ދާއިރާ
  • މީކާއިލް އަހުމަދު ނަސީމް – ގަލޮޅު ދެކުނު ދާއިރާ
  • ލިރުގާމް ވަހީދު – މައްޗަންގޯޅި އުތުރު ދާއިރާ
  • އަބްދުﷲ ސިނާން – މައްޗަންގޯޅި ދެކުނު ދާއިރާ
  • މުހައްމަދު ފަލާހު – މާފަންނު ހުޅަނގު ދާއިރާ
  • އަހުމަދު އާމިރު – މާފަންނު މެދު ދާއިރާ
  • ހަސަން އިއާދު ސަލީމް – މާފަންނު ދެކުނު ދާއިރާ
  • އަކްރަމް ކަމާލުއްދީން – މައްޗަންގޯޅި މެދު ދާއިރާ

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައިވާއިރު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބާއްވާން ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.