އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާ ދޫކޮށްލައިފި އެވެ.
އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރީ މިދިޔަ ޖުލައި މަހު ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މެންބަރު މުހައްމަދު އިނާދުއެވެ.
އިނާދުގެ މައްޗަށް ދައުވާ ކުރަން މިދިޔަ މަހު 30 ވަނަ ޕްރޮސިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމާއި ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.
ޕްރޮސިއުޓާ ޖެނެރަލް އޮފީހުން ބުނީ އިނާދުގެ ކުށުގެ ރެކޯޑާއި، މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށް އޭނާ އިންޒާރު ދިން ނަމަވެސް އެކަން އިންޒާރާ އެއް ގޮތަށް އަމަލު ކުރާނެ އެއްވެސް ސަބަބެއް ފާހަގަކުރެވިފައިނުވާކަށެވެ. އެހެންކަމުން އޭނާ ދޫކޮށްލީ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.