English Edition
Dhivehi Edition

އިންޑިޔާގެ ފަރިދަބާދު ގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސް (އެން.އޭ.ސީ.އައި.އެން) އަށް ތަމްރީނު ހަދަންދާ ކަސްޓަމްސް އޮފިސަރުން ފޮނުވާލުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ކަސްޓަމްސް ގެ 30 އޮފިސަރުން އިންޑިއާ އަށް ދިއުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 11 އިން 15 އަށެވެ.

މި ދަތުރުގައި ޕޯސްޓް ކަސްޓަމްސް އޯޑިޓް ހިމެނިގެންވާ ކާގޯ ޕްރޮފައިލިންގް އެންޑް ރިސްކް މެނޭޖްމަންޓް މަޢުލޫއަށް ބިނާކޮށް ހިންގޭ ތަމްރީނެއްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމްގައި އިންޓަރެކްޓިވް ސެޝަންތަކާއި ވަޔާއި ކަނޑުގެ ކާގޯގެ ރިސްކް ބޭސްޑް ސިލެކްޓިވިޓީ ބައިތައް ހިމެނެއެވެ.

މީގެ އިތުރުން ރިސްކް ބޭސްްޑް ކޮމްޕްލައަންސް މެނޭޖްމެންޓް ފަދަ ކަމާއިގުޅޭ މަޢުލޫތަކުގެ ކޭސް ސްޓަޑީސް، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން ޓްރޭޑް ފެސިލިޓޭޝަން އެގްރިމެންޓާއި ގުޅުންހުރި ވަރލްޑް ކަސްޓަމްސް އޯގަނައިޒޭޝަން އިންސްޓްރުމެންޓް ފަދަ ބައިތައް ވެސް ހިމެނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގައި މިއަދުގެ ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރުއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުالله ޝަރީފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހައިކޮމިޝަނަރ މުނު މަހާވަރުވަނީ 6 ޖޫން އިން 1 ޖުލައި އަށް މުމްބާއީގެ އެން.އޭ.ސީ.އައި.އެންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓްތަކުގައި ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވުން ފާހަގަކުރައްވާފައެވެ. އަދި ކަސްޓަމްސް އޮފިސަރުންނަށް ބޭނުންވާ މިފަދަ އިތުރު ތަމްރީންތައް މިއަހަރުތެރޭ ބޭއްވުމަށް އިންތިޒާމްކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް ކޯޕަރޭޝަން އެމް.އޯ.ޔޫގައި ސޮއިކުރެވިފައިވަނީ ޖޫން 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުންވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައެވެ. އެގޮތުން މިފުރާ ބެޗް ހިމެނޭހެން 130 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީންދެވިފައެވެ. އަދި އިތުރު 90 ކަސްޓަމްސް އޮފިޝަލުންވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފައެވެ.

ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ) އާއި އެމް.ސީ.އެސް އާ ދެމެދު ޖުލައި 2021 ގައި އަލަށް ސޮއިކުރެވުނު ޕްރީ-އެރައިވަލް އެކްސްޗޭންޖް އޮފް ކާގޯ ޑޭޓާ އާއި ބެހޭ އެމް.އޯ.ޔޫގެ ދަށުން ޕްރީ-އެރައިވަލް ކަސްޓަމްސް ޑޭޓާ އެކްސްޗޭންޖްގެ އައު މަޝްރޫޢެއްވަނީ އިފްތިތާޙްކުރެވިފައެވެ.

މި މަޝްރޫޢުގައި ދެ ކަސްޓަމްސް ވުޒާރާގެ ދެމެދުގައި ޓެކްނޮލޮޖީގެ ޒަރިއްޔާއަށް އިސްކަންދީ ކަސްޓަމްސް ޑޭޓާ ވަގުތުން ބަދަލުކުރުމަށްމަގުފަހިވެގެންދާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި ރިސްކް މެނޭޖްމަންޓް ބޭނުންކޮށް ފުޅާކުރުމަށް މަގުފަހިވުމާއިއެކު އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ކޮމްޕްލައަންސް މޮނީޓަރިންގ ހިންގުމަށް އެހީތެރިވެގެންދާނެކަމުގައި ބެލެވެއެވެ.