English Edition
Dhivehi Edition

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފިއެވެ.

ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓެއް ކުރި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވަނީ މއ. ރެސްޓިންހައުސް، މުހައްމަދު އިނާދުއެވެ، އެ އިންޒާރު ދީފައި ވަނީ “ރޯޔަލް ހުސެއިން ތަކުރު” ކިޔާ ޓުވިޓާ އެކައުންޓަކުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޓްވިޓާ ގައި އިންޒާރުދިން މައްސަލައިގައި އިނާދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލައިފައިވާ ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބެެއްގެ ގޮތުން އޭނާ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެެވެ.