English Edition
Dhivehi Edition

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ “ޖެޓް ސްކީ ޓުއާ 2021″ގެ ބައިވެރިންނަށް މީދޫ އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އައްޑޫ ސިޓީ މީދޫ އަވަށު އޮފީހާއި މީދޫ ޖަމްމިއްޔާ ޖަމާއަތްތައް އަދި މީދޫގެ ރައްޔިތުން ގުޅިގެން ވަނީ އެ ޓީމަށް މަރުހަބާކިޔުމެއް މީދޫ ޓްރެކް ސަރަހައްދުގައި ހާއްސަހަފްލާއެއް ބާއްވާފައެވެ. އިއްޔެ މެންދުރު ފަހު ބޭއްވި މި ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި އިވެންޓުގައި މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ، މިޓީމުގައި މީދޫ އަށް ނިސްބަތްވާ ދެ ޒުވާނުން، ހިމެނިފައިވާއިރު ޓީމުގެ ބައިވެރިންގެ ޝަރަފުގައި ވަނީ ދިވެހި ކެއުމަށް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުންވެސް ބައިވެރިވެފައިވާއިރު އިއްޔެ ޖެޓް ސްކީ ޓުއާ ނިންމުމުގެ ރަސްމީ ހަރަކާތްތައް ބާއްވާފައިވަނީ މަރަދޫފޭދޫގައެވެ.

ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ އެންމެ ދެކުނަށް ޖެޓްސްކީގައި ކުރާ މި ދަތުރު މި މަހުގެ 22 ވަނަ ދުވަހު ފެށު މި ދަތުރު އިއްޔެ(02 އޮކްޓޯބަރ 2021) ވަނަ ދުވަހު ނިންމާލާފައިވާއިރު، މި ދަތުރުގެ ބައިވެރިން ވަނީ ރާއްޖޭގެ 20މަންޒިލަކަށް ދަތުރުކޮށްފައެވެ.

13 މީހުން ހިމެނޭ މި ޓީމުގައި ޖެޓް ސްކީ ދުއްވާ ތަޖުރިބާކާރު ހަ މީހުން ތިބި އިރު އިތުރަށް ތިބީ ޖެޓް ސްކީ ދުއްވާ މީހުން ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި ބަދަލު ކުރަން ތިބި ތިން މީހުންނާއި ލޯންޗުގައި ހަރަކާތްތެރިވާ މީހުންނެވެ.