English Edition
Dhivehi Edition
ފޮޓޯ: އަލީ އަފްލަހު އަބްދުﷲ

ގއ.ގެމަނަފުށީ އިން އިތުރު 9 މީހަކު ކޮވިޑް19އަށް ފައްސިވެ، އެކްޓިވް ކޭސް ތަކުގެ އަދަދު 136 ކަށް އަރައިފިއެވެ.

ގެމަނަފުށީ ހެލްތު ސެންޓަރުން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 9 މީހަކު ކޮވިޑަށް ފައްސިވެ، 3 ގެއެއް ވަނީ ކަރަންޓީން ކޮއްފައެވެ.

މި ކޭސްތަކާއި ގުޅިގެން ވާހަކަދައްކަވަމުން، ގެމަނަފުށީ ހެލްތު ސެންޓަރގެ ޕަބްލިކް ހެލްތު އިންޗާޖް އަހުމަދު ޒަރީރު ވިދާޅުވީ، މިއަދު ފައްސިވި ފަރާތްތަކުގެ ތެރޭގައި 4 ކުޑަކުދިންނާއި، ހައިރިސްކް އެކަކު ހިމެނޭ ކަމަށެވެ. އަދި ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި މިބަލިން 23 މީހަކު ރަނގަޅުވެ، ރަނގަޅުވި މީހުންގެ އަދަދު 59 ކަށް އަރައިފައިވާ ކަމަށެވެ.

ގެމަނަފުށި މޮނިޓަރިންގ ހާލަތަށް ގެނައީ ސެޕްޓެމްބަރ މަހު 14 ވަނަ ދުވަހު، މުޖުތަމަޢުގެ ތެރެއިން ބަޔަކު ފައްސިވުމާ ގުޅިގެންނެވެ. ގެމަނަފުށި އިތުރުން އެ އަތޮޅު ވިލިނގިލި، ކޮލަމާފުށި، އަދި މާމެންދޫ ވެސް ވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ.